އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާގެ މުވައްޒަފުންނަށް ޓީޝާޓް އަދި ބިބް ދިނުމަށް

28 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރައްވާ ދާއިމީ އަދި  ވަގުތީ މުވައްޒަފުންގެ ތެރެއިން ޕްރޮޖްކްޓް ސެކްޝަނުގެ މުވައްޒަފުން، މީޑިޔާ އެންޑް އައި.ޓީ މުވައްޒަފުން، ސަރވެޔަރުން، އިލެކްޓްރީޝަނުން، މުނިސިޕަލް މަސައްކަތު މުވައްޒަފުން، ޕަބްލިކް ވަރކްސް ސަރވިސްސްގައި މަސައްކަތް ކުރައްވާ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް، ދިވެހި ސިވިލް ސަރވިސް ޤަވަޢިދުގެ 145 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޓީޝާޓް އަދި ބިބް ދިނުމަށް

މައްސަލަ ހުށަހެޅި ފަރާތް: އެޗް.އާރް ސެކްޝަން 

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރައްވާ ދާއިމީ އަދި  ވަގުތީ މުވައްޒަފުންގެ ތެރެއިން ޕްރޮޖްކްޓް ސެކްޝަނުގެ މުވައްޒަފުން، މީޑިޔާ އެންޑް އައި.ޓީ މުވައްޒަފުން، ސަރވެޔަރުން، އިލެކްޓްރީޝަނުން، މުނިސިޕަލް މަސައްކަތު މުވައްޒަފުން، ޕަބްލިކް ވަރކްސް ސަރވިސްސްގައި މަސައްކަތް ކުރައްވާ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް، ދިވެހި ސިވިލް ސަރވިސް ޤަވަޢިދުގެ 145 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ޓީޝާޓް އަދި ބިބް ދިނުމަށް" ހުށަހެޅި މައްސަލާގައި މިކަމަށް ދާނެ ޚަރަދެއްގެ ގޮތުގައި 74,250.00 ރުފިޔާ، ކައުންސިލްގެ "ޔުނިފޯމް ދިނުމަށްޓަކައި ހޯދާތަކެތި" 222 007 ކޯޑަށް ފައިސާ އިތުރުކޮށް ޚަރަދުކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވީ: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ހިޔާޟް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 02 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/165

ތާރީޚް: 28 މޭއި 2019