އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތު މުވައްޒަފުން ހަމަޖެއްސުމާއި މެދު ގޮތެއް ނިންމެވުމަށް

11 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް މުވައްޒަފުން ނެތުމުން، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތު މުވައްޒަފުން ހަމަޖެއްސުމާއި މެދު ގޮތެއް ނިންމެވުމަށް

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން/ ހިތަދޫ އަވަށު އޮފީސް

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި،" އައްޑޫސިޓީ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށް މުވައްޒަފުން ނެތުމުން، ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތު މުވައްޒަފުން ހަމަޖެއްސުމާއި މެދު ގޮތެއް ނިންމެވުމަށް " ހުށަހެޅި މައްސަލާގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުގެ ދަށުން ހިތަދޫ އަށް 10 މުވައްޒަފުން އަދި އެހެން ކޮންމެ އަވަށަކަށް 5 މުވައްޒަފުން ނެގުމަށާއި މިހާރު އެކުލަވައިލެވިފައިވާ ޢިމާމުންގެ ވަގުތީ ޕޫލް ބާޠިލްކޮށް އެހެން ވަޒީފާއެއް އަދާ ނުކުރައްވާ ފަރާތްތަކަށް އިސްކަންދީގެން ޢިމާމުންގެ ޕޫލް އަލުން އެކުލަވައިލެއްވުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/170

ތާރީޚް: 11 ޖޫން 2019