އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަންހެނުންގެ ގުޅުމަށް ގާޑިޔާ ހިންގުމުގެ ވިޔަފާރީގެ ހުއްދަދިނުމަށް

11 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހުޅުދޫ އަންހެނުންގެ ފަރާތުން ހުޅުދޫ ފެން ޕްލާންޓް ކުރިމަތީގައި ހަދާފައިވާ ޕާކުގައި ހުރި އިމާރާތާއި އިންވެގެން ޓިނާއި ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ ތަނުގައި ގާޑިޔާ ހިންގުމުގެ ހުއްދައަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިން ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި،"ހުޅުދޫ އަންހެނުންގެ ފަރާތުން ހުޅުދޫ ފެން ޕްލާންޓް ކުރިމަތީގައި ހަދާފައިވާ ޕާކުގައި ހުރި އިމާރާތާއި އިންވެގެން ޓިނާއި ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ ތަނުގައި ގާޑިޔާ ހިންގުމުގެ ހުއްދައަށް އެދި" ހުށަހެޅި މައްސަލާގައި ހުޅުދޫ ފެން ޕްލާންޓް ކުރިމަތީ އޮންނަ ޕާކުގައި ހުރި އިމާރާތާއި އިންވެގެން ޓިނާއި ލަކުޑި ބޭނުންކޮށްގެން އިމާރާތްކުރަމުންދާ ތަނަކީ ބަޔަކު ޤަވައިދާއި ހިލާފަށް ހަދަމުންދާ ތަނެއްކަމަށާއި އެ ތަން ރޫޅާލުމަށްފަހު ކައުންސިލުން ފާސްކޮށްފައިވާ މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ޤަވަޢިދާއި އެއްގޮތަށް ހުޅުދޫ އަންހެނުންގެ ގުޅުމަށް ގާޑިޔާ ހިންގުމުގެ ވިޔަފާރީގެ ހުއްދަދިނުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/171

ތާރީޚް: 11 ޖޫން 2019