އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހިތަދޫގައި އިމާރާތް ކުރަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ކިޔާނެ ނަންތަކެއް ރައީސް އޮފީހަށް ފޮނުވުން

11 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހިތަދޫގައި އިމާރާތް ކުރަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ކިޔާނެ ނަންތަކެއް ރައީސް އޮފީހަށް ފޮނުވުން

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫސިޓީ ހިތަދޫގައި އިމާރާތް ކުރަމުންދާ 100 އެނދުގެ ހޮސްޕިޓަލަށް ކިޔާނެ ނަންތަކެއް ރައީސް އޮފީހަށް ފޮނުވުމަށް" ހުށަހެޅި މައްސަލާގައި ހޮސްޕިޓަލަށް ކިޔާނެ ނަމެއް ފާސްކުރުމަށް، 3 ނަމެއް (އިކިއުޓޯރިއަލް އައްޑޫ ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް، ސުވަދީވް ހޮސްޕިޓަލް) ހުށަހަޅައި ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތް ބެލުމަށްޓަކައި 11.06.2019 ވާ އަންގާރަ ދުވަހުގެ 14:00 އިން 12.06.2019 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް މީސްމީޑިޔާގައި ޕޯލެއް ހުޅުވާލުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/172

ތާރީޚް: 11 ޖޫން 2019