އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުން ކަމުގައިވާ އަޙްމަދު މުސްތަފާ އާއި ޢަލީ އަންވަރު މަޤާމުން ވަކި ކުރުމަށް

18 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުން ކަމުގައިވާ އަޙްމަދު މުސްތަފާ އާއި ޢަލީ އަންވަރު މަޤާމުން ވަކި ކުރުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، އިބްރާޙިމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުން ކަމުގައިވާ އަޙްމަދު މުސްތަފާ އާއި ޢަލީ އަންވަރު މަޤާމުން ވަކި ކުރުމަށް" ހުށަހެޅި މައްސަލާގައި ހުޅުދޫ އަވަށުގެ ދެ އެސިސްޓެންޓް ޑިރެކްޓަރުން ކަމަށްވާ އަޙްމަދު މުސްތަފާ އާއި ޢަލީ އަންވަރު ގެ އަހުލާޤީ މިންގަނޑު  ދިވެހި ސިވިލް ސަރވިސްގެ ޤަވައިދާއި ޚިލާފުވެފައިވާ ކަމަށް ބެލެވޭތީ ޤަވަޢިދާއި އެއްގޮތަށް ފިޔަވަޅު އަޅަން ކައުންސިލްގެ އެޗް.އާރް.އެމް.ޑީ އަށް މި މައްސަލަ ފޮނުވުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/177

ތާރީޚް: 18 ޖޫން 2019