އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގައި ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 05 އަހަރު ދުވަސްވީއިރު ގޯތީގައި ދިރިއުޅެން ނުފަށާ ގޯތިތަކާއި ގުޅޭގޮތުން

18 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 05 އަހަރު ދުވަސްވީއިރު ގޯތީގައި ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކުގެ ލިސްޓް ތައްޔާރުކުރުމަށާއި އެފަދަ ގޯތިތަކުގައި މަދިރިއާއި މީދާފަދަ ސޫފާސޫފި އުފެދި އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އާއި އިޖްތިމާޢީ އެތަކެއް ނޭދެވޭ މައްސަލަތަކަށް އެފަދަ ތަންތަނުން މަގުފަހިވަމުންދާކަމަށް ޢާންމު ރައްޔިތުންނާއި ފުލުހުންގެ ފަރާތުންވެސް މަޢުލޫމާތު ލިބެމުންދާތީ މިމައްސަލަތައް ހައްލުކުރުމަށް ގޯތި ދޫކުރެވުނު މުއްދަތުން 05 އަހަރު ދުވަސްވީއިރު ގޯތީގައި ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  އިޖުތިމާޢީ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫސިޓީ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 05 އަހަރު ދުވަސްވީއިރު ގޯތީގައި ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކުގެ ލިސްޓް ތައްޔާރުކުރުމަށާއި އެފަދަ ގޯތިތަކުގައި މަދިރިއާއި މީދާފަދަ ސޫފާސޫފި އުފެދި އެސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އާއި އިޖްތިމާޢީ އެތަކެއް ނޭދެވޭ މައްސަލަތަކަށް އެފަދަ ތަންތަނުން މަގުފަހިވަމުންދާކަމަށް ޢާންމު ރައްޔިތުންނާއި ފުލުހުންގެ ފަރާތުންވެސް މަޢުލޫމާތު ލިބެމުންދާތީ މިމައްސަލަތައް ހައްލުކުރުމަށް ގޯތި ދޫކުރެވުނު މުއްދަތުން 05 އަހަރު ދުވަސްވީއިރު ގޯތީގައި ދިރިއުޅެން ނުފަށާ ގޯތިތަކާއި ދިރިއުޅުމަށްފަހު ފަޅުކޮށްފައިވާ ގޯތިތަކާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް" ހުށަހެޅި މައްސަލާގައި އައްޑޫސިޓީ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރ ގޯތިތަކުގެ ތެރެއިން ގޯތި ދޫކުރެވުނު މުއްދަތުން ފެށިގެން 05 އަހަރު ދުވަސްވީއިރު ގޯތީގައި ދިރިއުޅެން ނުފަށާ ގޯތިތައް ދޫކުރެވިފައިވާ ފަރާތްތަކަށް  30 ދުވަހުގެ މުއްދަތެއް ގޯތި ސާފުކުރުމަށް ދިނުމަށް އެންގުމަށާއި އިންވަކިކޮށް ވަށާ ފާރުރޭނިފައިވާ ގޯތީގެ ވެރިފަރާތަކަށް އިމާރާތްކުރުމަށް ފަށަން 06 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އެންގުމަށާއި އަދި 01 އަހަރު ދުވަހުތެރޭ ދިރިއުޅުން ފެށުމަށް އެ ފަރާތްތަކަށް އެންގުމަށާއި މަތީގައިވާ ގޮތަށް ޢަމަލުނުކުރައްވާ ފަރާތްތަކުގެ ކިބައިން ގޯތިތައް ވަކިވާނެކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ހުސަޢިން ހިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/179

ތާރީޚް: 18 ޖޫން 2019