އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ މަސްޖިދުލް ނޫރު އިމާރާތުގައި ރަބީޢުލް ޤުލޫބްގެ ފަރާތުން ކުރިއަށްގެންދާ ހިޕްޡް ކުލާސް ހިންގުމާއިމެދު ގޮތެއް ނިންމުމަށް

18 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: މަރަދޫ މަސްޖިދުލް ނޫރު (އަންހެނުންގެ މިސްކިތް) އުވިފައިވާތީ، އެ އިމާރާތުގައި ރަބީޢުލް ޤުލޫބް ފައުންޑޭޝަނުގެ ފަރާތުން ކުރިއަށްގެންދާ ހިޕްޡް ކުލާސް ހިންގުމާއިމެދު ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، ފައިޞަލް އިބްރާޙިމް

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މަރަދޫ މަސްޖިދުލް ނޫރު (އަންހެނުންގެ މިސްކިތް) އުވިފައިވާތީ، އެ އިމާރާތުގައި ރަބީޢުލް ޤުލޫބް ފައުންޑޭޝަނުގެ ފަރާތުން ކުރިއަށްގެންދާ ހިޕްޡް ކުލާސް ހިންގުމާއިމެދު ގޮތެއް ނިންމުމަށް" ހުށަހެޅި މައްސަލާގައި މަރަދޫ އަވަށު އޮފީހުން އެއްބަސްވުމެއް އެކުލަވާލައި ކައުންސިލުން އެ އެއްބަސްވުން އެޕްރޫވްކުރުވައި ރަބޫޢުލް ޤުލޫބް ފައުންޑޭޝަނާއި އެކު އެއްބަސްވުމެއްގެ ތެރެއިން ހިޕްޡް ކުލާސް ހިންގުމަށް މަރަދޫ މަސްޖިދުލް ނޫރު ގެ އިމާރާތް ރަބީޢުލް ޤުލޫބް ފައުންޑޭޝަނާއި ޙަވާލުކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/184

ތާރީޚް: 18 ޖޫން 2019