އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހޮރައިޒަން އެކަޑަމީއިން އިންތިޒާމްކޮށްގެން ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުން

25 ޖޫން 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހޮރައިޒަން އެކަޑަމީއިން އިންތިޒާމްކޮށްގެން ޖުލައި މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް  ބެޑްމިންޓަން މުބާރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް  

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ހޮރައިޒަން އެކަޑަމީއިން އިންތިޒާމް ކޮށްގެން ޖުލައި މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް  ބެޑްމިންޓަން މުބާރާތަކީ، އައްޑޫގެ އޮފީސް ތަކުގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށްދާ މުބާރާތެއްކަން  ފާހަގަކޮށް އެ އެކަޑަމީއަކީ އައްޑޫގައި ބެޑްމިންޓަން ދިރުވައި އާލާކޮށް ތަފާތު ގިނަ ކާމިޔާބީ ހޯދަމުން އަންނަ އެކަޑަމީއެއް ކަން ފާހަގަކުރެވޭތީ، ހޮރައިޒަން އެކަޑަމީއިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށް ބަލައި މިމުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލްގެ ބައިވެރިވުން ޙިއްސާ ކުރުމުގެ ގޮތުން   10000.00ރުފިޔާ(ދިހަހާސްރުފިޔާ)ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށާއި، މިފައިސާ ޚަރަދު ކުރުމުގައި ކައުންސިލް ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތް ތަކުން ހިންގާ ޙަރަކާތްތަކަށް އެހީދިނުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/189

ތާރީޚް: 25 ޖޫން 2019