އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބިމަށް އެދޭ ފޯމް ގަތް ފަރާތްތަކަށް ބިޑް ފޯމުގެ އަގަށްވާ 1500.00ރުފިޔާ ރިފަންޑް ކޮށްދިނުމާއިމެދު

1 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: 2015ވަނަ އަހަރު މިއިދާރާގެ ނަމްބަރު (IUL)426-EA/426/2015/24  އަދި (IUL)426-EA/426/2015/135  އިޢުލާނާއި ގުޅިގެން ބިމަށް އެދޭ ފޯމް ގަތް ފަރާތްތަކަށް މިހާތަނަށް ބިން ދޫކުރެވިފައިވާތީ، ބިޑް ފޯމުގެ އަގަށްވާ 1500.00ރުފިޔާ އެފަރާތްތަކަށް ރިފަންޑް ކޮށްދިނުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ފައިނޭންސް ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީގެ 02 ސަރަޙަދަކުން އިޤްތިޞާދީ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް 2015ވަނަ އަހަރު ކުރެވުނު އިޢުލާނާއި ގުޅިގެން ފޯމް ގަނެފައިވާ ފަރާތްތަކުން މިއިދާރާއަށް ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދިނުމަށް ފެންނަކަމަށާއި، މިއިދާރާގެ ނަމްބަރު:(IUL)426-EA/426/2015/24  އިޢުލާނާއި ނަމްބަރު :(IUL)426-EA/426/2015/135  އިޢުލާނު ބާޠިލު ކުރުމާއި މި އިޢުލާނާއި ގުޅިގެން އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އެފަރާތްތަކާއި ޙަވާލު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/194

ތާރީޚް: 1 ޖުލައި 2019