އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ނައިޓް މާރކެޓް ބޭއްވުމުގެ ހުއްދަ ދެވޭނެ މުނާސަބަތުތައް ކަނޑައެޅުން

1 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ފެއަރ، ނައިޓް މާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލު ކުރާނެ އުޞޫލެއް ކަނޑައެޅުމަށްޓަކައި ނައިޓް މާރކެޓް ބޭއްވުމުގެ ހުއްދަ ދެވޭނެ  މުނާސަބަތުތައް ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ތިރީގައި ބަޔާން ކުރެވިފައިވާ ބުނާސަބަތުތަކާއި ގުޅުވައިގެން އައްޑޫގައި ފެއަރ، ނައިޓްމާރކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމަށް ހުއްދަ ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  1. ޝަޢުބާންމަހުގެ ފަހު ހަފްތާ ( ރަމަޟާން މަސް ފެށުމާއި ހިސާބަށް)
  2. ފިޠްރު ޢީދާއި ގުޅުވައިގެން
  3. އަޟްޙާ ޢީދާއި ގުޅުވައިގެން
  4. ޖުލައި 26 ގުޅުވައިގެން
  5. ޑިސެމްބަރ އިން ފެށިގެން ޖަނަވަރީ މަހާއި ހިސާބަށް (ސްކޫލް ބޮޑު ޗުއްޓީއާއި ގުޅުވައިގެން)

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/195

ތާރީޚް: 1 ޖުލައި 2019