އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް އިންވެސްޓްމަންޓުން ޕްރީސްކޫލެއް ހިންގުމަށްޓަކައި ބިމެއް ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ

10 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހިތަދޫ STO ފިހާރައިގެ ކުރިމަތިން ކުރީގެ ވިނަރެސް ސިނަމާހުރި ތަނުގައި އޮތް 13250.24އަކަފޫޓުގެ ބިން ( 97 ނަންބަރު ބިން)  ޕްރީސްކޫލެއް ހިންގުމަށްޓަކައި ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މި މައްސަލައަކީ އިޖްތިމާޢީ ޚިދުމަތާއި ގުޅިފައިވާ މުހިއްމު މައްސަލައެއްކަން ފާހަގަކޮށް، އިޖްތިމާޢީ ޚިދުމަތްތަކަށް ބިންދޫކުރެވޭ އުޞޫލުން ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ ސްކޫލް ހިންގުމަށް ހިތަދޫ ޕަބްލިކް ލައިބްރަރީ ދޫކުރެވިފައިވާ އުޞޫލުން، ހިތަދޫ އެސް.ޓީ.އޯ ފިހާރައިގެ ކުރިމަތިން އޮތް 13250.24 އަކަފޫޓުގެ ބިން އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް އިންވެސްޓްމަންޓާއި ޙަވާލުކުރުމަށް ފެންނަކަމަށާއި، މިބިން ޙަވާލުކުރުމުގައި މިއިދާރައިން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތް ފުރިހަމަ ކުރުމަށްފަހު ޤަވާޢިދާއި އެއްގޮތަށް ބިން ޙަވާލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/197

ތާރީޚް: 10 ޖުލައި 2019