އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހުޅުދޫ މިޝްކާތު ޤުރުއާން ކިލާހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަހަރީ ޤުރުއާން މުބާރާތަށް އެހީ ދިނުމަށް

10 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސ.ހުޅުދޫ މިޝްކާތު ޤުރުއާން ކިލާހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އަހަރީ ޤުރުއާން މުބާރާތަށް އެހީ ދިނުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ 

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިޝްކާތު ޤުރުއާން ކިލާހަކީ އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގެ ގިނަ ދަރިވަރުންތަކަކަށް ތަޖްވީދު މަގަށް ޤުރުއާން އުނގަންނައި ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަތާ 04 އަހަރު ވެފައިވާ ކްލާހަކަށްވެފައި، މިކްލާހުގެ ސަބަބުން ދަރިވަރުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު މަތިވެ ރީތިކޮށް ޤުރުއާން ކިޔަވާކުދިން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭތީ، މިކްލާހުގައި ކިޔަވަމުން އަންނަ ކުދިން މިފަދަ މުބާރާތެއްގައި ބައިވެރިވެ ހޯދާ ކާމިޔާބީ ފާހަގަ ކޮށް ކައުންސިލްގެ ބަޖެޓްގެ ބަޖެޓްކޯޑް ނަމްބަރު 228999 ގައި އިނާމްދިނުމަށް ކަނޑައެޅިފައިހުރި ފައިސާއިން މުޅިމުބާރާތުން 1 ވަނައަށް އަންނަ ދަރިވަރަށް 1500.00ރުފިޔާގެ ޓްރޮފީގެ އިނާމް، 2 ވަނައަށް 1000.00ރުފިޔާގެ ޓްރޮފީގެ އިނާމް  އަދި 3 ވަނައަށް 500.00ރުފިޔާގެ ޓްރޮފީގެ އިނާމް ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/198

ތާރީޚް: 10 ޖުލައި 2019