އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޓަރ ސްކޫލް އޮރޭޓަރީ އިންގްލިޝް ކޮމްޕެޓިޝަން 2019 އަށް ސްޕޮންސަރ ހޯދުމަށް ހުށަހަޅާފައިވާތީ

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: 25 – 23 އޯގަސްޓް 2019 އަށް 3 ދުވަހު ފޭދޫ ސްކޫލްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ ސްކޫލް އޮރޭޓަރީ އިންގްލިޝް ކޮމްޕެޓިޝަން 2019 އަށް ސްޕޮންސަރ ހޯދުމަށް އެދި ސިޓީ ހުށަހަޅާފައިވާތީ ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ޔުނިޓް   

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށް ބަލައި ފޭދޫ ސްކޫލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އިންޓަރ ސްކޫލް އޮރޭޓަރީ އިންގްލިޝް ކޮމްޕެޓިޝަން 2019 " އަށް ކައުންސިލްގެ ބަޖެޓްގައި އިނާމް ދިނުމާއި ސްކޫލްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް އެހީދިނުމަށް ކަނޑައެޅިފައިވާ ބަޖެޓުން  20000.00ރުފިޔާ (ވިހިހާސްރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/207

ތާރީޚް: 16 ޖުލައި 2019