އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވެލި ނެގުމުގެ ހުއްދައާއި ހުއްދަ ދޫކުރުމުގެ އުޞޫލާއި ސަރަޙައްދުތައް ކަނޑައެޅުމުގެ މައްސަލަ

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލުން ކަނޑއަޅާފައިވާ ސަރަޙައްދުތަކުން ވެލި ނެގުމުގެ ހުއްދައަށް އެދޭފޯމާއި އައްޑޫސިޓީގެ ފަޅުން ވެލި ނެގުމަށް ހުއްދަ ދޫކުރުމުގެ އުޞޫލާއި ވެލި ނެގޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މައްސަލަ 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ 

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މައްސަލައާއި އެކު ހުށަހަޅާފައިވާ އައްޑޫސިޓީގައި ކަނޑައެޅޭ ސަރަޙައްދުތަކުން ވެލި ނެގުމުގެ ހުއްދައަށް އެދޭފޯމާއި، އައްޑޫގެ ފަޅުން ވެލި ނެގުމަށް ހުއްދަ ދޫކުރުމުގެ އުޞޫލާއި، ވެލި ނެގޭނެ ސަރަޙައްދުތައް ކަނޑައަޅައި ޢާއްމު ކޮމިޓީން ފޮނުވާފައިވާ  މައްސަލަ ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/208

ތާރީޚް: 16 ޖުލައި 2019