އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.ހިތަދޫ އޮޑައްސައު ސަރަޙައްދުން ދޫކުރެވިފައިވާ 821 ނަމްބަރު ގޯތީގެ މައްސަލަ

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސ.ހިތަދޫ މާމެންދޫ ސަރަޙައްދުން ސ.ހިތަދޫ އަދާމަންޒިނލް ނަމަކަށް ކިޔާގެއަށް ހަދާދެވިފައިވާ ނަމްބަރު 81/2008 ގޯތީގެ ރަޖިސްޓްރީއިން ސ.ހިތަދޫ ފަރިވާ މުޙައްމަދު އަސްލަމާއި ޙަވާލުކުރެވިފައިވާ 3000 އަކަފޫޓުގެ ބިން ދައުލަތުގެ ބޭނުމަށް ވަކިކުރެވިފައިވާ ކަމަށް ބުނެ އެބިމުގެ ބަދަލުގައި ސ.ހިތަދޫ އޮޑައްސައު ސަރަޙައްދުން ދޫކުރެވިފައިވާ 4000 އަކަފުޓުގެ 821 ނަމްބަރު ގޯތި ސ.ހިތަދޫ ފަރިވާމުޙައްމަދު އަސްލަމްގެ ކިބައިން ވަކިކޮށް އެގޯތީގެ ރަޖިސްޓްރީ ބާޠިލު ކުރުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް    

ނިންމުން

މައްސަލަ ނިމުނުގޮތް

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ސ.ހިތަދޫ މާމެންދޫ ސަރަޙައްދުން ސ.ހިތަދޫ އަދާމަންޒިނލް ނަމަކަށް ކިޔާގެއަށް ހަދާދެވިފައިވާ ނަމްބަރު 81/2008 ގޯތީގެ ރަޖިސްޓްރީއިން ސ.ހިތަދޫ ފަރިވާ މުޙައްމަދު އަސްލަމާއި ޙަވާލުކުރެވިފައިވާ 3000 އަކަފޫޓުގެ ބިން ދައުލަތުގެ ބޭނުމަށް ވަކިކުރެވިފައިވާ ކަމަށް ބުނެ  ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ކަންހިނގާފައިވާގޮތް ބެލިއިރު، މި 2 ގޯތި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ބަދަލު ކުރެވިފައިވާތީ، ބަދަލު ރުޖޫޢަ ކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާޙިމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/209

ތާރީޚް: 16 ޖުލައި 2019