އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޔޫތް ސެންޓަރުތަކަށް ސްޕޯރޓްސް ސްޕަރވައޒަރުންނާއި ޖިމް އިންސްޓްރަކްޓަރުން ނެގުމާއިމެދު

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގައި ޤާއިމުކޮށްފައިވާ ޔޫތް ސެންޓަރުތަކަށް ސްޕޯރޓްސް ސްޕަރވައޒަރުންނާއި ޖިމް އިންސްޓްރަކްޓަރުން ނެގުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫގައި ގާއިމު ކުރެވިފައިހުރި 04 ޔޫތް ސެންޓަރަށް ކޮންމެ ސެންޓަރަކަށް ކޮންޓްރެކްޓް އުޞޫލުން ތިރީގައި ބަޔާން ކުރެވިފައިވާ ތާވަލްގައި ހިމެނޭ ގޮތަށް މަޤާމް ތަކަށް މީހުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި، މިމަޤާމްތަކަށް ނެގޭ މީހުންނަކީ މިދާއިރާއިން މަދުވެގެން 01 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހުންކަމުގައި ޝަރުޠު ކުރުމަށާއި،

މި މަޤާމްތަކަށް ނެގޭ މުވައްޒަފުންގެ ކަންކަން މިއިދާރާގައި ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މުވައްޒަފުންގެ ކަންކަން ހަމަޖައްސަވާ އުޞޫލުން ހަމަޖެއްސުމަށް ފެންނަކަމަށާއި، މަޤާމުތަކުގެ މުސާރައާއި އިނާޔަތު، ކައުންސިލްގެ ބަޖެޓްގެ ތެރެއިން ޤަވާޢިދާއި އެއްގޮތަށް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް  ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

މަޤާމް

މުސާރަ

އެލަވަންސް

01

ސްޕޯރޓްސް ސްޕަރވައިޒަރ

5610

2000

01

ޖިމް އިންސްޓްރަކްޓަރ

5610

2000

 

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/212

ތާރީޚް: 16 ޖުލައި 2019