އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލްގެ އިދާރާއަށް ހުށަހަޅާފައިވާ ލާ ޖެއްސުމުމާއި ބެހޭ މައްސަލަ

16 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސ.ހިތަދޫ ދަނބުރުއްގެ ޒަރީރު މުޙައްމަދު އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް 23 ޖޫން 2019 ގައި ހުށަހަޅާފައިވާ ލާ ޖެއްސުމުމާއި ބެހޭ މައްސަލައަށް ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް   

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ސ.ހިތަދޫ ރެވިމާގެ ޢަބަދުﷲ ފާއިޒުގެ ނަމުގައި  ދޫކުރެވިފައިވާ އައްޑުއަތޮޅު އަތޮޅު އޮފީހުގެ ނަނަމްބަރު 101/2007  ގޯއްޗާއި، ސ.ހިތަދޫ ދަނބުރުއްގެ ޒަރީރު މުޙައްމަދު އަށް ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރު: 409-AA/2019/06 އިން ދޫކުރެވިފައިވާ ގޯތި، ލައި ޖެއްސުމާއިމެދު   ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާއިން އިޢުތިރާޟު ނުކުރާނަމަ މި ދެގޯތި ލައިޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/213

ތާރީޚް: 16 ޖުލައި 2019