އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހުޅުދޫ ހައުސިންގ ފްލެޓްތަކުގެ ބައުންޑަރީ ކަނޑައެޅުމާއި ފާރު ރޭނުމަށް

23 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހުޅުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ ހައުސިންގ ފްލެޓްތަކުގެ ބައުންޑަރީ ކަނޑައެޅުމާއި ފާރު 4 ފޫޓު އުސްމިނުގައި ރޭނުމަށް ހުށަހަޅާ މައްސަލަ  

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް

 

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީގެ އަވަށްތަކުގައި ސަރުކާރުން ޢިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ބައުންޑަރީ ވަކިކޮށް ފާރެއް ރޭނިފައި ހުރުމަކީ ފްލެޓްތަކުގައި ދިރިއުޅޭ ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުން، އަދި އެހެނިހެންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް  ކޮންމެހެންވެސް ކުރެވިފައި ހުންނަންޖެހޭ މުހިއްމު ކަމެއްކަމުގައި ފެންނާތީ،

 ޢިމާރާތްތަކުގެ ވަށައިގެން ބޭރުކައިރިން ފެށިގެން ބައުންޑަރީ ފާރާއި ދެމެދު 30 ފޫޓް ބިމުގެ ހުސް ސަރަޙައްދެއް ކަނޑައަޅައި، ޤަވާޢިދާއި އެއްގޮތަށް ބައުނޑަރީގެ ބޭރުން ވަށިއިގެން ދުއްވޭގޮތަށް މަގެއް ހެދުމާއި،  މިނިސްޓްރީ އޮފް ހައުސިންގ އަށް ހުށަހަޅައިގެން  ބައުންޑަރީ ފާރު ރޭނުމަށް ބޭނުންވާ ފައިސާ ހޯދައި ޕްލެޓްތަކުގެ ބައުންޑަރީ ފާރު ރޭނޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/222

ތާރީޚް: 23 ޖުލައި 2019