އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އަޟްޙާ ޢީދު ސަމާ 1440" ހިންގުމަށް ރާވާ ކުޅިވަރު ޙަރަކާތްތަކުގެ ބަޖެޓް ފާސްކޮށްދެއްވުން

31 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލާއި ޖަމުޢިއްޔާ ޖަމާޢަތްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން، "އަޟްޙާ ޢީދު ސަމާ 1440" ގެ ނަމުގައި އައްޑޫސިޓީގެ 3 އަވަށުގައި، ސިޓީ ފެންވަރުގައި ހިންގުމަށް ރާވާ ކުޅިވަރު ޙަރަކާތްތަކުގެ ބަޖެޓް ފާސްކޮށްދެއްވުން އެދި.

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫގެ އެންމެހާ ރައްޔިތުން ހިމެނޭގޮތަށް 1440ވަނަ އަހަރުގެ އަޟްޙާ ޢީދު އައްޑޫގައި ފާހަގަ ކުރުމުގެ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ފެންނަކަމަށާއި، މިޙަރަކާތް ކުރިއަށްގެންދިއުމަށް އައްޑޫގެ ޖަމުޢިއްޔާތަކާއި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، މިގޮތުން ކުރެވުނު މަޝްވަރާގައި ދެކެވުނު ވާހަކަތަކަށް ރިއާޔަތްކޮށް، އައްޑޫގެ އަވަށްތަކުގައި ޢީދު ފާހަގަ ކުރުމަށް ހިންގޭ ހަރަކާތްތަކަށް ތިރީގައިބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ޤަވާޢިދާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓުން އަވަށްތަކަށް ފައިސާ ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  • ހުޅުދޫ އަދި މީދޫ އަވަށަށް،  100,000.00ރުފިޔާ  (އެއްލައްކަ ރުފިޔާ)
  • ހިތަދޫ އަވަށަށް،        100,000.00ރުފިޔާ  (އެއްލައްކަ ރުފިޔާ)
  • މަރަދޫ އަވަށަށް،        80,000.00ރުފިޔާ   (އަށްޑިހަހާސް ރުފިޔާ)
  • ފޭދޫއަވަށަށް،          40,000.00ރުފިޔާ   (ސާޅީސްހާސް ރުފިޔާ)
  • މަރަދޫފޭދޫ އަވަށަށް،     10,000.00ރުފިޔާ   (ދިހަހާސް ރުފިޔާ)

 

 

ތާއީދު ކުރެއްވީ: ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/228

ތާރީޚް: 31 ޖުލައި 2019