އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކޮޮންވެންޝަން ސެންޓަރުންނަގާފައިވާ ތަކެތީގެތެރެއިން އެއަރކޯން ސިސްޓަމްތައް ހޯދުމަށްއެދި ފެނަކައިން ހުށަހަޅާފައިވާ މައްސަލަ

31 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ކޮންވެންޝަން ސެންޓަރުންނަގާފައިވާ ތަކެތީގެތެރެއިން އެއަރކޯން ސިސްޓަމްތައް ހޯދުމަށްއެދި ފެނަކަ ކޯޕަރޭޝަންލިމިޓެޑް/ ސ.ހިތަދޫ ބްރާންޗުން ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން  ސެކްޝަން   

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ހިތަދޫ ސެންޓްރަލް ޕަވަރސްޓޭޝަނުގެ ކޮންޓްރޯލް ރޫމްގެ އެއަރކޯންތައް ހަލާކުވުމުގެ ސަބަބުން އެތަނުގެ ހައި ވޯލްޓޭޖް ޕެނަލްތައް ހޫނުވެ މައްސަލަތަކެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ، އެމައްސަލައަށް ޙައްލެއް ހޯދައި ދިނުމުގެ ގޮތުން، ކޮންވެންޝަން ސެންޓަރ އިން ނަގާ މިއިދާރާގައި ބޭނުން ނުކޮށް ހުރި އޭ.ސީ ތަކުގެ ތެރެއިން 52000ބީޓީޔޫގެ 4 އޭސީ ޔުނިޓް ފެނަކަ ކޯޕަރޭޝަން ހިތަދޫ ބްރާންޗަށް ދޫކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/229

ތާރީޚް: 31 ޖުލައި 2019