އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމު ކުރުމަށް ހުޅުދޫއިން ބިމެއް ހަމަޖެއްސުން

31 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމު ކުރުމަށް ހުޅުދޫއިން ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ނޭޝަނަލް ޑްރަގް އެޖެންސީން ހުށަހަޅާ މައްސަލަ.  

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން 

ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ޚިދުމަތަކީ، އައްޑޫގެ ރައްޔިތުންނަށް މިވަގުތު ނުހަނު ބޮޑަށް ބޭނުންވެފައިވާ ޚިދުމަތަކަށްވާތީ، އައްޑޫސިޓީގައި ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫސިޓީ ހުޅުދޫ އަވަށުގެ ދީދީގެ ޢަބްދުﷲދީދީ މަގުގެ ހުޅަނގު ކޮޅުން 30000(ތިރީސް ހާސް) އަކަފޫޓް ގެ ބިމެއްގައި އައްޑޫގައި ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/231

ތާރީޚް: 31 ޖުލައި 2019