އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑަސްޓްރިއަލް ބައެއް މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން

31 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އިންޑަސްޓްރިއަލް ބައެއް މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުން  

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

                                 ނިންމުން

މައްސަލަ ނިމުނުގޮތް

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ބިން ދޫކުރުމަކީ މިވަގުތު ކައުންސިލުން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަން ފާހަގަކޮށް، އައްޑޫސިޓީ ހިތަދޫއަވަށުން ބިން ދޫކުރުމުގައި، ހިތަދޫ ކުރީގެ ފޮލިސް ޓްރެއިނިންގ ސްކޫލް ބިމުން، ޕަބްލިކްވޯރކްސްގެ ފަހަތަށް އޮތް ބިމުގެ ( ޗާޓުގައިފާހަގކޮށްފައިވާ ގޮތަށް) ބައެއް ނަގައި ޢާއްމުކޮށް އިޢުލާނުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލް ތަކަށް ބެލުމަށްފަހު، އެންމެ ރަނގަޅު ފަރާތްތަކަށް ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ފެންނަކަމަށާއި އަދި،

އައްޑޫސިޓީގެ އެހެން އަވަށްތަކުންވެސް ކަނޑައެޅޭ ސަރަހައްދުތަކުން އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ބިން ކުއްޔަށް ދޫކުރެވޭނެ އިންތިޒާމް ޤަވާޢިދާއި އެއްގޮތަށް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން، ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  • ގޭސްވިއްކާ ފަރާތްތަކަށް 3 ބިން ( 2000އަކަފޫޓްގެ 3 ބިން)
  • ވޯރކްޝޮޕް ގަރާޖްތަކަށް 5 ބިން ( 2000އަކަފޫޓްގެ 5 ބިން)
  • އެހެނިހެން ބޭނުންތަކަށް 2 ބިން ( 2000އަކަފޫޓްގެ 2 ބިން)
  • ފަޅުން ވެލިނަގައި ވެލީގެ ވިޔަފާރި ކުރާ ފަރާތްތަކަށް 5 ބިން ( 2000އަކަފޫޓްގެ 5 ބިން)
  • ރޭނުމަށް އެޅިގައު ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށް 5 ބިން ( 2000އަކަފޫޓްގެ 5 ބިން)

މިބިންތައް ދޫކުރުމުގައި

  • ކުރިން ކުލީބިމެއް ލިބިފައިނުވާ ފަރާތްތަކަށް އިސްކަން ދިނުން.
  • ވިޔާފާރި ރަޖިސްޓަރީ ކޮށްގެން ހިންގާ (ޓެކްސް ދައްކާ) ފަރާތްތަކަށް އިސްކަން ދިނުން .
  • މިވަގުތު ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ބިމުގައި މިބާވަތުގެ ވިޔަފާރި ކުރަމުންއަންނަ ފަރާތްތައްކުގެ ތެރެއިން ކުލީ ބިމަށް މަސައްކަތް ބަދަލުކުރަން އެދޭ ފަރާތްތަކަށް އިސްކަން ދިނުން.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/234

ތާރީޚް: 31 ޖުލައި 2019