އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޑިއާގައި ބޭއްވޭ " ސްވީޕް 2019" ގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ބައިވެރިވުން

8 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އިންޑިއާގައި ބޭއްވޭ " ސްވީޕް 2019" ގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ބައިވެރިވުން   

މައްސަލަ ހުށަހެޅި ފަރާތް:  އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީ      

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި " މިއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެކްޓިވިޓީ ޕްލޭނުގައި ހިމެނޭ ޙަރަކާތެއްކަން ފާހަގަކޮށް، އަންހެނުން ބިނާކުރުމަށް ބޭނުންވާ އިތުރު ތަމްރީނުތައް ލިބޭނެ މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި 2019 ވަނަ އަހަރުއިންޑިއާގައި ބޭއްވޭ " ސްވީޕް 2019" ގައި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކަނޑައަޅާ 5 މެމްބަރުން ބައިވެރިވުމަށް ކުރަންޖެހޭ ޚަރަދު ފައިސާއަށްވާ، 86197.80ރުފިޔާ ( އަށްޑިހަ ހަހާސް އެއްސަތޭކަ ނުވަދިހަ ހަތްރުފިޔާ އަށްޑިހަލާރި) 5590.00ޔޫ.އެސް ޑޮލަރު (ފަސްހާސްފަސްސަތޭކަ ނުވަދިހަ ޔޫ އެސް.ޑޮލަރު) 2019 ވަނަ އަހަރު އަންހެނުންގެ ތަރައްޤިއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް  

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،ޙުސައިން ޙިޔާޟް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/236

ތާރީޚް: 8 އޯގަސްޓް 2019