އައްޑޫސިޓީ ކައުންސިލްގެ އިދާރާ

" ސްވީޕް 2019 " ގައި ކައުންސިލުން ބައިވެރިވުމާއި މެދު ގޮތެއް ނިންމުން

8 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އިންޑިއާގެ މަދްޔަރ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެންސް އެންޓްރަޕްރިނިއަންސް ގެ ފަރާތުން ބާއްވާ " ސްވީޕް 2019 " ގައި ކައުންސިލުން ބައިވެރިވުމާއި މެދު ގޮތެއް ނިންމުން 

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލް ބިއުރޯ    

ނިންމުން

މައްސަލަ ނިމުނުގޮތް:

    " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 06 އިން 07 އަށް އިންޑިއާގެ ޖަބަލްޕޫރުގައި ބާއްވާ "ސްވީޕް 2019" އިވެންޓަކީ ވިޔަފާރި ކުރާ އަންހެން ބޭފުޅުންނަށް ވިޔަފާރީގެ ދާއިރާގައި ތަފާތު ގިނަ ފުރުޞަތުތައް ހޯދައިދީ ބޭރުގެ ފަރާތްތަކާއި އެކު މަޝްވަރާކޮށް އެފަރާތްތަކާއި ގުޅުން ބަދަހިވުމުގެ ފުރުޞަތު ފަހިވާނެ ޙަރަކާތެއް ކަމަށް ޤަބޫލުކުރެވޭތީ، މިޙަރަކާތުގައި ކައުންސިލަރ ޖަމްޝީދާ މުޙައްމަދު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޢައިޝަތު ނަދާ އަދި އެ ކޮމިޓީގެ ނާއިބު ރައީސާ އާމިނަތު ޝިހާބު ބައިވެރި ކުރުމަށް ފެންނަކަމަށާއި، މި ބޭފުޅުން މިދަތުރުގައި ބައިވެރިވުމަށް ކުރަންޖެހޭ ޚަރަދު (ދަތުރު ޚަރަދު އަދި ހުރުމާއި ކެއުމަށް ހިނގާ ޚަރަދު) ޤަވާޢިދާއި އެއްގޮތަށް އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ ޙުސައިން ޙިޔާޟް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާހީމް  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/239

ތާރީޚް: 8 އޯގަސްޓް 2019