އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ގަމުގެ ޓާމިނަލް ސަރަހައްދުގެ ބޭރުގައި ބެހެއްޓުމަށް 50 ގަސްމުށި ދޫކޮށްދިނުމާއިމެދު ގޮތެއް ނިންމުން

29 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ގަމުގެ ޓާމިނަލް ސަރަހައްދު ޒީނަތްތެރިކޮށް ރީތިކުރުމަށް ބޭނުންވެގެން ޓާމިނަލް ސަރަހައްދުގެ  ބޭރުގައި ބެހެއްޓުމަށް 50 ގަސްމުށި ( ކޮންކްރީޓް ގަސްމުށި) ހޯދުމަށް ގަން އިންޓަނޭޝަން އެއަރޕޯޓްއިން އެދިފައިވާތީ ގަސްމުށި ދޫކޮށްދިނުމާއިމެދު ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި " ގަމުގެ ޓާމިނަލް ސަރަހައްދު ޒީނަތްތެރިކުރުމަށް ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބެހެއްޓިފައި ހުރި ގަސްމުށިތަކުގެ ތެރެއިން 50 ގަސްމުށި ( ކޮންކްރީޓް ގަސްމުށި) ޓާމިނަލް ސަރަހައްދުގެ  ބޭރުގައި ބެހެއްޓުމަށްޓަކައި، ގަން އިންޓަނޭޝަން އެއަރޕޯޓާއި ޙަވާލުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު    

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/244

ތާރީޚް: 29 އޯގަސްޓް 2019