އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ބޭއްވުމަށްޓަކައި ޝަރަފުއްދީން ސްކޫލުން ތަކެތި ހޯދުމަށް އެދިފައިވާ މައްސަލަ

29 އޯގަސްޓް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ޝަރަފުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ބޭއްވުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުމަށް އެދިފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އެޑްމިން ސެކްޝަން     

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 އިން 5 އަށް ޝަރަފުއްދީނު ސްކޫލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީޗާރސް ކޮންފަރެންސް ބޭއްވުމަށްޓަކައި ޝަރަފުއްދީން ސްކޫލަށް ބޭނުންވާ ތަކެތި  (ސްކޫލުން ހޯދުމަށް އެދިފައިވާ ތަކެތި) އަނބުރާ ރައްދުކޮށްދޭ ގޮތަށް ޝަރަފުއްދީނު ސްކޫލަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް  ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/245

ތާރީޚް: 29 އޯގަސްޓް 2019