އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިންޓަނޭޝަނަލް ޓީޗާރސްކޮންފަރެންސް ޝަރަފުއްދީނު ސްކޫލްގައި ބޭއްވުމުގައި އެހީތެރިކަން ފޯރުކޮށްދުނުން

1 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: 2019 ސެޕްޓެމްބަރ މަހުގެ 4 އިން 5 އަށް އައްޑޫސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަޤަވާމީ ޓީޗާރސްކޮންފަރެންސް ޝަރަފުއްދީނު ސްކޫލްގައި ބޭއްވުމުގައި ކައުންސިލްގެ އެހީތެރިކަން ފޯރުކޮށްދުނުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީމޭޔަރ މުޙައްމަދު ޔަސްރިފް        

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި " 2019ވަނައަހަރުގެ ސެޕްޓެމްބަރ މަހުގެ 4 އިން 5 އަށް އައްޑޫސިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައިނަލްއަޤަވާމީ ޓީޗާރސްކޮންފަރެންސް ޝަރަފުއްދީން ސްކޫލްގައި ބޭއްވުމަށް ކައުންސިލްގެ އެއްބާރުލުން ފޯރުކޮށްދިނުމުގެގޮތުން ކައުންސިލްގެ ބަޖެޓްގައި މުނާސަބަތު ފާހަގަކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން  70000.00ރުފިޔާ (ހަތްދިހަހާސްރުފިޔާ) ޝަރަފުއްދީނު ސްކޫލަށް ދޫކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށާއި،

ބައިނަލްއަޤަވާމީ ޓީޗާރސްކޮންފަރެންސަށް އައްޑޫސިޓީއަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހްމާންދާރީ އަދާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް ކައުންސިލްގެ ބަޖެޓްގައި މެހްމާންދާރީ އަދާކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން  100000.00ރުފިޔާ (އެއްލައްކަރުފިޔާ) ޚަރަދުކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް    

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީމޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/248

ތާރީޚް: 1 ސެޕްޓެމްބަރ 2019