އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީގައި ޤާއިމު ކުރެވިފައިވާ ފްލެޓް ސަރަޙައްދުގެ ސެކިއުރިޓީ ބެލެހެއްޓުން

3 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގައި ޤާއިމު ކުރެވިފައިވާ ފްލެޓް ސަރަޙައްދުގެ ސެކިއުރިޓީ ބެލެހެއްޓުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، އިބްރާހީމް ޝުކުރީ        

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި " ސޯޝަލް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީ ހިތަދޫ އަދި ހުޅުދޫ އަވަށުގައި ޢިމާރާތް ކޮށްފައިވާ ފްލެޓް ތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަން ފާހަގަކޮށް، ދައުލަތުގެ މުދަލާއި ތަކެތި ރައްކާތެރި ކަމާއެކު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، 3 ފަރާތުގެ ކޯޓޭޝަންހޯދައި، ޤަވާއިދާއި އެއްގޮތަށް ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވި: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް   

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/249

ތާރީޚް: 3 ސެޕްޓެމްބަރ 2019