އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ގިރަމުންދަ ސަރަހައްދު ޖިއޯ ބޭގްސް ޖައްސައިގެން ޙިމާޔަތް ކުރުމަށް އީ.އައި.އޭ މަސައްކަތް

3 ސެޕްޓެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހިތަދޫ ޒިޔާރަތްފަންނުން ފެށިގެން ޑޭޒީމަގާއި ދެމެދު ހުޅަނގުފަރާތުން ގިރަމުންދަ ސަރަހައްދު ޖިއޯ ބޭގްސް ޖައްސައިގެން ޙިމާޔަތް ކުރުމަށް އީ.އައި.އޭ ( ކޮންސެޕްޓް ޑިޒައިން) ކުރެހުމުގެ މަސައްކަތް 

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " އައްޑޫސިޓީ ހިތަދޫ ޒިޔާރަތްފަންނުން ފެށިގެން ޑޭޒީމަގާއި ދެމެދު ހުޅަނގުފަރާތުން ގިރަމުންދާ ސަރަހައްދު ޖިއޯ ބޭގްސް ޖައްސައިގެން ޙިމާޔަތް ކުރުމަށް އީ.އައި.އޭ ( ކޮންސެޕްޓް ޑިޒައިން) ކުރެހުމަށް ފަރާތަކާއި ޙަވާލުކުރުމަށް ކުރެވެމުދާ މަސައްކަތާއި ގުޅިގެން، ބިޑްކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމިފައިވާ ގޮތަށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

 

ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާހީމް ޝުކުރީ  

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ،  މުހައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/252

ތާރީޚް: 3 ސެޕްޓެމްބަރ 2019