އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސަދަން ބެޑްމިންޓަން ލީގް ކުރިއަށްގެންދިއުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް

30 އޮކްޓޯބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: ސަދަން ބެޑްމިންޓަން ލީގް ކުރިއަށްގެންދިއުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ސައުތް ރީޖަން ބެޑްމިންޓަން ސްޓިއަރިންގ ކޮމިޓީން ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލްސަރވިސް ސެކްޝަން        

ނިންމުން

މައްސަލަ ނިމުނުގޮތް:

" މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ސަދަން ބެޑްމިންޓަން ލީގް 2019 އަކީ، މިއަހަރު ކައުންސިލްގެ ބަޖެޓްގައި ހިމެނިގެން ކުރިއަށް ގެންދެވޭ މުބާރާތެއްކަން ކަމަށާއި، މި މުބާރާތް ރާވާ ހިންގާ ފަރާތަކީ ބެޑްމިންޓަން އެސޯސިއޭޝަން ކަމުގައި ހަމަޖެހިގެން ދިއުމަކީ މި ކައުންސިލް އެދޭ ކަމެއްކަން ފާހަގަކޮށް، ސަދަން ބެޑްމިންޓަން ލީގް 2019 ކުރިއަށްގެންދިއުމަށް ކައުންސިލްގެ ބަޖެޓްގައި ކަނޑައަޅާފައިވާ ބަޖެޓް ފައިސާގެތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެދިވަޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިއުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް     

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީމޭޔަރ، މުހައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/311

ތާރީޚް: 30 އޮކްޓޯބަރ 2019