އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ.މީދޫ ހަނދުވަރުމަތީގެ ޢަލީ ވަސީމު ގެ ބޭސްފަރުވާއަށް އެހީތެރިކަން ދެއްވުން އެދި ޢާއިލާއިން ހުށަހަޅާ މައްސަލަ

29 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.މީދޫ ހަނދުވަރުމަތީގެ ޢަލީ ވަސީމު ގެ ބޭސްފަރުވާއަށް އާސަންދައިން ދެމުން އައި ޚިދުމަތް ކަނޑާލުމާއި ގުޅިގެން ޢަލީ ވަސީމުގެ ބޭސްފަރުވާ އަށް އެހީތެރިކަމަށް އެދި ޢާއިލާއިން ހުށަހަޅާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޙުސައިން ހިޔާޟް  

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލައިގެ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ބައެއް ލިޔެ ކިޔުން މަދުކަމަށް ފާހަގަ ކުރެވޭތީ އެލިޔުންތައް ހޯދުމަށްފަހު މައްސަލަ އިތުރަށް ދިރާސާ ކުރުމަށްފަހު މައްސަލަ ކުރިއަށްގެންދިއުމަށް ޤާނޫނީ ލަފާ ހޯއްދަވައި ދެންއޮންނަ ކައުންސިލް ބައްދަލުވުމަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި:ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/185

ތާރީޚް: 29 އޯގަސްޓް 2017