އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ވޯލްޑް ރޯވިން އިން އިންތިޒާމްކޮށްގެން ބާއްވާ ދުނިޔޭގެ ހުރިހާ ފެޑެރޭޝަންގެ މީޓިންގައި ބޭފުޅަކު ބައިވެރިކޮށް ދެއްވުން

7 ނޮވެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  ވޯލްޑް ރޯވިން އިން އިންތިޒާމްކޮށްގެން 19 އިން 23 ނޮވެމްބަރ 2019 އަށް ލަންޑަންގައި ބާއްވާ ދުނިޔޭގެ ހުރިހާ ފެޑެރޭޝަންގެ މީޓިންގައި ބޭފުޅަކު ބައިވެރިކޮށް ދެއްވުން

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން       

ނިންމުން

މައްސަލަ ނިމުނުގޮތް:

              " މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ވޯލްޑް ރޯވިން އިން އިންތިޒާމްކޮށްގެން 19 އިން 23 ނޮވެމްބަރ 2019 އަށް ލަންޑަންގައި ބާއްވާ ދުނިޔޭގެ ހުރިހާ ފެޑެރޭޝަންގެ މީޓިންގައި ޓެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް ބައިވެރިވާ ގޮތަށް ހަމަޖެއްސުމަށާއި ޓިކެޓް އަދި ހުރުމާއި ކެއުމަށް ދާ -/36،528 ރުފިޔާ، ޖަމްއިއްޔާ ޖަމާއަތްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ދޭ އެހީ 228 999 ކޯޑް އިން ހަމަޖެއްސުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ފައިޞަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/315

ތާރީޚް: 7 ނޮވެމްބަރ 2019