އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އެޓޯލް ލީގް ބެޑްމިންޓަން ޓޯނަމެންޓް 2019 ގައި އައްޑޫ ސިޓީ ތަމްސީލްކޮށް ޓީމެއް ބައިވެރިކުރުމަށް

14 ނޮވެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  21 ނޮވެމްބަރ 2019 އިން 30 ނޮވެމްބަރ 2019 އަށް މާލޭގައި ކުރިއަށްދާ 12 ވަނަ އެޓޯލް ލީގް ބެޑްމިންޓަން ޓޯނަމެންޓް 2019 ގައި އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބްގެ ފަރާތުން އައްޑޫ ސިޓީ ތަމްސީލްކޮށް ޓީމެއް ބައިވެރިކުރުމަށް ނިންމާފައިވާތީ ޓީމަށް ހަރަދު ހަމަޖެއްސުމަށް އެދި.

މައްސަލަ ހުށަހެޅި ފަރާތް: އައްޑޫ ސިޓީ ކައުންސިލް ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބް

ނިންމުން

މައްސަލަ ނިމުނުގޮތް:

               މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "21 ނޮވެމްބަރ 2019 އިން 30 ނޮވެމްބަރ 2019 އަށް މާލޭގައި ކުރިއަށްދާ 12 ވަނަ އެޓޯލް ލީގް ބެޑްމިންޓަން ޓޯނަމެންޓް 2019 ގައި އައްޑޫސިޓީ ކައުންސިލްގެ ވެލްފެއަރ އެންޑް ރެކްރިއޭޝަން ކްލަބްގެ ފަރާތުން އައްޑޫ ސިޓީ ތަމްސީލްކޮށް ޓީމެއް ބައިވެރިކުރުމަށް ނިންމާފައިވާތީ ކްލަބުން އެދިފައިވާގޮތަށް ހަރަދު ހަމަޖެއްސުމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިސަލް އިބްރާޙިމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 01   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/321

ތާރީޚް: 14 ނޮވެމްބަރ 2019