އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ހުޅުދޫ އެން އާލާކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެންކޮށި ހެދުމަށްޓަކައި ކައުންސިލުން އެހީ ހޯދުން

3 ޑިސެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  އައްޑޫސިޓީ ހުޅުދޫ އެން އާލާކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެންކޮށި ހެދުމަށްޓަކައި ކައުންސިލުން އެހީ ހޯދުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހީމް ޝުކުރީ 

ނިންމުން

މައްސަލަ ނިމުނުގޮތް:

 

"މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އެންކޮށީގެ ހަރަދަށްވާ ފައިސާގެ ދެބައިކުޅަ އެއްބައި ކަމުގައިވާ -/30000 ރުފިޔާ އަށްވާ ތަކެތި ހުޅުދޫ އަވަށު އޮފީހުން ހޯއްދަވައި ހުޅުދޫ އަވަށުއޮފީހުގެ ބެލުމުގެ ދަށުން ހުޅުދޫ މަސްވެރިންނާއި އެތަކެތި ހަވާލުކޮށްގެން މިމަސައްކަތް ކުރުވަން ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/331

ތާރީޚް: 3 ޑިސެމްބަރ 2019