އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ ގޭދޮށު މަސްފެކްޓަރީ އަޅާ ބިން ކަނޑައެޅުން

3 ޑިސެމްބަރ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  މަރަދޫ ގޭދޮށު މަސްފެކްޓަރީ އަޅާ ބިން ކަނޑައެޅުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިސަލް އިބްރާހީމް

ނިންމުން

މައްސަލަ ނިމުނުގޮތް:

 

          "މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މަރަދޫ ގޭދޮށު މަސް ފެކްޓަރީ އެޅުމަށްޓަކައި މަރަދޫ ބަނދަރުގެ ދެކުނުން "ފިލިންގމީ" ފިއުލް ޝެޑްގެ އިރުމަތީފަރާތު މަރަދޫ ބަނދަރާ އިންވެގެން އޮތް ބިން ހަމަޖެއްސުމަށާއި މިގޮތަށް މިސަރަހައްދު ކަނޑައެޅުމުން މަސްވެރިންނަށް ފެކްޓަރީއަށް ވަނުމަށް ފަސޭހަވެފައި ރައްޔިތުންނަށް ވަހުގެ އަދި އެނޫންވެސް ތަކުލީފް ކުޑަވެގެންދާނެކަމަށާއި އަދި މިބިން ކުރިން ކުއްޔަށްދީފައިވާ ފަރާތާއި ވާހަކަ ދައްކައިގެން މިބިމުގެ ބަދަލުގައި މަރަދޫގެ އެހެން ސަރަހައްދަކުން މިތަނުން ކުއްޔަށްދީފައިވާ ބިމާއި އެއްވަރު އެހެން ބިމެއް އެފަރާތައް ހަމަޖައްސައިދީ މިބިން މަރަދޫ ގޭދޮށު މަސް ފެކްޓަރީ އެޅުމަށް ކަނޑައެޅުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިސަލް އިބްރާހީމް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 04


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

މަރަދޫ ގޭދޮށު މަސްފެކްޓަރީ އަޅާ ބިން ކަނޑައެޅުން


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/332

ތާރީޚް: 3 ޑިސެމްބަރ 2019