އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހެލްތް ވޯކްޝޮޕްގައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރުވާފައިސާ ބަޖެޓް އިން ނެގުމަށް ފާސްކުރުން

2 ޖެނުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ: ހެލްތް ވޯކްޝޮޕްގައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރުވާފައިސާ ބަޖެޓް އިން ނެގުމަށް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ހެލްތް ވޯކްޝޮޕްގައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރުވާފައިސާ ބަޖެޓް އިން ނެގުމަށް ފާސްކުރުމަށް" ހުށަހެޅި މައްސަލާގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ކުރިއަށް ގެންދިޔަ ހެލްތް ވޯރކްޝޮޕްގައި ކަނޑައެޅިފައިވާ ބަޖެޓަށް ވުރެއް 3,449.50/- ރުފިޔާ އިތުރަ ޚަރަދުވެފައިވާތީ 2019 ވަނަ އަހަރަށް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން 3,449.50/- ރުފިޔާ ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/338

ތާރީޚް: 2 ޖެނުއަރީ 2020