އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިންމަލާ ފެސްޓިވަލް ބޭއްވުމަށް އެހީހޯދުން

2 ޖެނުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  ހިންމަލާ ފެސްޓިވަލް ބޭއްވުމަށް އެހީހޯދުން

މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، އަބްދުﷲ ޞާދިޤް

ނިންމުން

މައްސަލަ ނިމުނުގޮތް:

                   މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ހިންމަލާ ފެސްޓިވަލް ބޭއްވުމަށް އެހީހޯދުން" ހުށަހެޅި މައްސަލާގައި ގުޅިފައިވާ 4 ރަށް ހިމަނައިގެން "ހިންމަލާ ފެސްޓިވަލް" އިންތިޒާމްކުރުމަށްޓަކައި ހިތަދޫ އަވަށު އޮފީސް މެދުވެރިކޮށް ޚަރަދުކުރުމަށް އައްޑޫ ފްރެންޑްސް އަށް 100,000/-  ރުފިޔާ ދިނުމަށާއި އަދި ހުޅުދޫ މީދޫ ގެ ޖަމިއްޔާތަކުން މި ފެސްޓިވަލް އެ ސަރަހައްދުގައި ބާއްވަން ބޭނުންވެގެން ހުށަހަޅާނަމަ 50,000/- ރުފިޔާ އެ އަވަށެއްގެ އަވަށު އޮފީސް މެދުވެރިކޮށް ޖަމިއްޔާތަކަށް ކައުންސިލްގެ ޖަމިއްޔާތަކަށް އެހީތެރިކަން ދޭ ކޯޑުން ދިނުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ކައުންސިލަރ ފައިޞަލް އިބްރާޙިމް   

ހުށަހެޅުން ހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ހިންމަލާ ފެސްޓިވަލް ބޭއްވުމަށް އެހީހޯދުން


ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/340

ތާރީޚް: 2 ޖެނުއަރީ 2020