އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫ ސިޓީ އިން ބިން ހިއްކުމަށް ސަރަޙައްދުތައް ކަނޑައަޅައި ދެއްވުމަށް އެދި

4 ޖެނުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ: މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަރ އިންޖިނިއަރިންގ ލިމިޓެޑާއި، އެލް.އީ.އޭ އެސޯސިއޭޓް ސައުތު އޭޝިޔާ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން އައްޑޫ ސިޓީ ހިތަދޫ އިން 90 ހެކްޓަރ، މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރ، ހުޅުދޫމީދޫއިން 38 ހެކްޓަރ އަދި ރިޒޯޓު ތަރައްޤީކުރުމަށް ހިއްކުމަށް ހަމަޖެހިފައިވާ 25 ހެކްޓަރ ހިއްކުމަށ އެއްބަސްވެފައިވާތީ، މިދެންނެވި ބިން ހިއްކުމަށް ސަރަޙައްދުތައް ކަނޑައަޅައި ދެއްވުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓްސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

                   މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫ ސިޓީ ހިތަދޫ އިން 90 ހެކްޓަރ، މަރަދޫ އަދި މަރަދޫފޭދޫ އިން 75 ހެކްޓަރ، ހުޅުދޫމީދޫއިން 38 ހެކްޓަރ އަދި ރިސޯޓު ތަރައްޤީކުރުމަށް ހިއްކުމަށް ހަމަޖެހިފައިވާ 25 ހެކްޓަރ ހިއްކުމަށް ހަމަޖެހިފައިވާތީ ބިން ހިއްކުމަށް ސަރަޙައްދުތައް ކަނޑައަޅައި ދެއްވުމަށް އެދި" ހުށަހެޅި މައްސަލާގައި ބިން ހިއްކުމަށް ކަނޑައެޅުނު ސަރަޙައްދުތަކަކީ:

  1. ހިތަދޫ ލިލީމަގުން ދެކުނުން ލިންކް ރޯޑުގެ އިރަށް އޮތް ސަރަހައްދުން އާރް.އޭ.އެފް ސަރަހައްދަށް،
  2. ހިތަދޫ ޕޯޓުގެ ދެކުނުން ލިންކް ރޯޑުގެ އިރަށް އޮތް ސަރަހައްދުން ގައުކެނޑި ސަރަހައްދަށް،
  3. މަރަދޫ އަދި މަރަދޫފޭދޫ ގެ ފުއްޓަރު ސަރަހައްދު، 4. ހުޅުމީދޫ މެދު ބަނދަރުގެ އިރަށް އޮތް ސަރަހައްދު އަދި

5 އިސްމެހެލާ ހެރައިގެ ހުޅަނގު ފަޅު ތެރެއިން

 މި ދެންނެވި ސަރަހައްދުތައް ކަނޑައެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާޙިމް

ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/349

ތާރީޚް: 4 ޖެނުއަރީ 2020