އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމާ ގުޅޭ

31 ޖެނުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ކައުންސިލް ބިއުރޯ

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ  އަވަށުއޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް މޭޔަރ ޢަބްދުﷲ ޞާދިޤު ކައުންސިލަށް ހުށަހެޅި މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް މޭޔަރ ޢަބްދުﷲ ޞާދިޤު ކައުންސިލަށް ހުށަހެޅި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

" ހުށަހެޅުމުގައި ބަޔާން ކުރެވިފައި ހުރި އެންމެހާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް،

  1. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމަށާއި،
  2. މައްސައާއި އެކު ހުށަހަޅާފައިވާ އެމްއޯޔޫގެ ދެލިކޮޕީ ގައިވާ ޢިބާރާތްތަކާއި އެކު އެމް.އޯ.ޔޫ ފާސްކުރުމަށާއި،
  3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމަށް ކައުންސިލުން ޤަރާރެއް ނެރެ ފާސްކުރުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ހުށަހެޅުއްވި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

އިސްވެ ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން؛-

  1. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމަށާއި،
  2. މައްސައާއި އެކު ހުށަހަޅާފައިވާ އެމްއޯޔޫގެ ދެލިކޮޕީ ގައިވާ ޢިބާރާތްތަކާއި އެކު އެމް.އޯ.ޔޫ ފާސްކުރުމަށާއި،
  3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ގުއާންޑޮންގ ޕްރޮވިންސްގެ ހުއިޒޯ ސިޓީ އާއި އައްޑޫސިޓީ ކައުންސިލާއެކު ސިސްޓަރ ސިޓީ ރިލޭޝަންޝިޕް ޤާއިމުކުރުމަށް ކައުންސިލްގެ ނަންބަރު: 02 426-AA/(Garaar)2017/ ޤަރާރު ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ފެނެންަކަމަށް: 05 ވޯޓު.

ނުފެންނަކަމަށް: 00 ވޯޓް.

ބައިވެރިވެވަޑައިނުގަންނަވާ:  00 




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/09

ތާރީޚް: 31 ޖެނުއަރީ 2017