އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ދެކުނު ދާއިރާގެ ބަށިކޯޓްގެ ދެކުނު ފަރާތުގައި އިންފާރު ރޭނުމާއި ގުޅޭ

8 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ދެކުނު ދާއިރާގެ ބަށިކޯޓްގެ ދެކުނު ފަރާތުގައި އިންފާރު ރޭނުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފްކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ހިތަދޫ ދެކުނު ދާއިރާގެ ބަށިކޯޓްގެ ދެކުނު ފަރާތުގައި އިންފާރު ރޭނުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

" ހިތަދޫ ދެކުނު ދައިރާގެ ބަށިކޯޓްގެ އިންފާރުގައި ރާނަންޖެހޭ ބައިގައި ކުރަންޖެހޭ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން 50000.00ރުފިޔާ (ފަންސާސްހާސް ރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާ ގޮތަށް މި މަސައްކަތަށް ހިނގާ ޚަރަދު ކުރުމަށާއި އަދި،

މިބަށިކޯޓްގެ އިންފާރު ރޭނުމަށް ކުރަންޖެހޭ މަސައްކަތަށް މަޢުލޫމާތު ދިނުމަށްބޭއްވޭ ބައްދަލުވުމުގައި މިބަށިކޯޓުގައި ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓެއްގެ ގޮތުގައި މިހާރުހުރި ދާގަނޑުތައް ނެގުމަށްފަހު ކޮއްޅަށް ހުރި ހޮޅިތަކާއެކު ތަނބުޖަހާ 6 އިންޗި އެޅިގަލުން 8 ފޫޓް އުސްމިނަށް ރާނާ، މަތީ ބެރި އަޅާ، ދެފަރާތުގައި ސިމެންތި ޖަހައި، ވޯލްސީލަރ ލުމަށްފަހު ވެދަރ ބޮންޑް އޮފް ވައިޓް ކުލަލެވިފައި ހުންނަން ޖެހޭނެކަން ފާހަގަކުރުމަށާއި، މި ބައްދަލުވުމުގައި ޓެކްނިކަލް އަދި އިދާރީ ގޮތުން އަރުވަންޖެހޭ އެންމެހާ މަޢުލޫމާތު ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް އަރުވަމުން ގެންދެވުމަށް  ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/11

ތާރީޚް: 8 ފެބުރުއަރީ 2017