އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ދެކުނުދާއިރާގެ ފުއްޓަރުފަރާތުގެ ބައެއް ފަންނުތަކުގައި ކުނިއެޅުން މަނާ ބޯޑު ޖެހިފައި ނުވާތީ އެފަންނު ތަކުގައި ކުނި އެޅުން މަނާ ބޯޑު ޖެހުމާ ގުޅޭ

8 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ދެކުނުދާއިރާގެ ފުއްޓަރުފަރާތުގެ ބައެއް ފަންނުތަކުގައި ކުނިއެޅުން މަނާ ބޯޑު ޖެހިފައި ނުވާތީ އެފަންނު ތަކުގައި ކުނި އެޅުން މަނާ ބޯޑުޖަހައި ދިނުން އެދި ރައްޔިތުން އެދެމުންދާތީ ކައުންސިލުން މިހާރު ޑިޒައިންކޮށްފައި ހުރި ނަމޫނާއާއި އެއްގޮތަށް އިތުރު 06 ބޯޑު އެ ސަރަޙައްދުގައި ޖެހޭނެ އިންތިޒާމް ހަމަޖައްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފްކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

 

ހިތަދޫ ދެކުނުދާއިރާގެ ފުއްޓަރުފަރާތުގެ ބައެއް ފަންނުތަކުގައި ކުނިއެޅުން މަނާ ބޯޑު ޖެހިފައި ނުވާތީ އެފަންނު ތަކުގައި ކުނި އެޅުން މަނާ ބޯޑުޖަހައި ދިނުން އެދި ރައްޔިތުން އެދެމުންދާތީ ކައުންސިލުން މިހާރު ޑިޒައިންކޮށްފައި ހުރި ނަމޫނާއާއި އެއްގޮތަށް އިތުރު 06 ބޯޑު އެ ސަރަޙައްދުގައި ޖެހޭނެ އިންތިޒާމް ހަމަޖައްސުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް  ކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" ހިތަދޫ ދެކުނުދާއިރާގެ ފުއްޓަރުފަރާތުގެ ބައެއް ފަންނުތަކުގައި ކުނިއެޅުން މަނާ ބޯޑު ޖެހިފައި ނެތުމުން އެފަންނު ތަކުގައި ކުނި އެޅުން މަނާ ބޯޑުޖަހައި ދިނުން އެދި ރައްޔިތުން އެދެމުންދާތީ ކައުންސިލުން މިހާރު ޑިޒައިންކޮށްފައި ހުރި ނަމޫނާއާއި އެއްގޮތަށް އިތުރު 06 ބޯޑު އެ ސަރަޙައްދުގައި ޖެހޭނެ އިންތިޒާމް ހަމަޖެއްސުމާއި، މިބޯޑުތައް ޖެހުމުގެ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި،

 

މިމަސައްކަތް ކުރިއަށް ގެންދިއުމުގައި ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން 20000.00ރުފިޔާ (ވިހިހާސް ރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާ ގޮތަށް މި މަސައްކަތަށް ހިނގާ ޚަރަދު ކުރުމަށް ފެންނަކަމަށް " ކައުންސިލަރ މުހައްމަދު ޔަސްރިފް ހުށަހެޅި ހުށަހެޅުމަށް ޑެޕިއުޓީ މޭޔަރ ޢަބްދުﷲ ޠައްޔިބު ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/12

ތާރީޚް: 8 ފެބުރުއަރީ 2017