އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ބޮޑު ބެރު ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއި ގުޅޭ

8 ފެބުރުއަރީ 2017     


ޢަމަލުކުރަންވީ ފަރާތްތައް: ސޯޝަލްސަރވިސް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ބޮޑު ބެރު ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއިމެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފްކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ބޮޑު ބެރު ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ކައުންސިލްއަށް ހުށަހެޅި މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

 

" އައްޑޫސިޓީގައި ފަތުރުވެރި ކަމުގެ ސިނާޢަތު ފުޅާވެގެންދާއިރު ފަތުރުވެރިކަމުގެ ދާއިރާގެ ފުރުޞަތުތައް އިތުރުވަމުންދާ ވަގުތެއްގައި މިދާއިރާއަށް މީހުން ބިނާކުރުމަކީ މުހިއްމު ކަމެއްކަމުގައި ދެކޭތީއާއި، ރަށުޖީބަށް ޑޮލަރު ލިބޭނެމަގު ތަނަވަސް ވުމަކީ ފަތުރުވެރިކަމުގެ ނަފާ އެންމެންނަށް ލިބެންއޮތް ހަމައެކަނި ފުރުޞަތު ކަމުގައި ދެކޭތީ، އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ކަންކަން ދިރުވައި އާލާ ކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަމަށް ދެކޭ ހިނދު، ޘަޤާފީ ކުޅިވަރު އާލާކޮށް ދިރުވުމުގެ ގޮތުން ބޮޑުބެރުގެ ތަމްރީނު ލިބިވަޑައިގެންފައިވާ  މާހިރަކު ގެނަސް އައްޑޫސިޓީގެ ޒުވާނުންނަށް 07 ދުވަހުގެ މުއްދަތަށް  ބޮޑުބެރު ޖަހަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހަޅާފައިވާ މައްސަލައަކީ މުހިއްމު ބޭނުންތެރި މައްސަލައެއްކަން ފާހަ ކުރެވޭތީ،

ހުށަހަޅާފައިވާ ގޮތަށް މިޙަރަކާތް  ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، މިޙަރަކާތް ކުރިއަށް ގެންދިއުމުގައި ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ކައުންސިލްގެ އާމްދަނީ ބަޖެޓްގައި ހިތަދޫ އަވަށުގެ3  ދާއިރާ ހިމެނޭގޮތަށް ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑުން ( އިންސްޕެކްޓަރުންގެ 2 ބޭފުޅުންގެ ފީ 20000.00ރުފިޔާއާއި، ދަތުރުފަތުރު އަދި ކެއުމާއި ހުރުމަށް 18500.00ރުފިޔާ އަދި އަދި މިޙަރަކާތަށް ބޭނުންކުރާނެ 03 ބޮޑު ބެރު 19500.00ރުފިޔާ) ޚަރަދު ކުރުމަށް ފެންނަކަމަށް " ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

ބޮޑު ބެރު ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމާއި ގުޅޭ


ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/14

ތާރީޚް: 8 ފެބުރުއަރީ 2017