އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫފޭދޫ އަވަށުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އަވަށުގެ މޫދަށް އަރައި ފޭބުމަށް ސިޑިއެއް ހެދުމާ ގުޅޭ

18 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: މަރަދޫފޭދޫ އަވަށު އޮފީސް         

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

މަރަދޫފޭދޫ އަވަށުގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން އަވަށުގެ މޫދަށް އަރައި ފޭބުމަށް ސިޑިއެއް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީމޭޔަރ ޢަބްދުﷲ ޠައްޔިބު ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު،

ހުށަހެޅިފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް، މަރަދޫ އަވަށުގެ އިރުމަތީ ފަރާތު މޫދުން އަރައި ފޭބުމަށް ސިޑި ހެދުމަށް ކައުންސިލުން ނިންމުމާއި ގުޅިގެން މަރަދޫފޭދޫ ރައްޔިތުންގެ ގިނަބަޔަކު އެ އަވަށުގައި ސިޑިއެއް ހަދައިދިނުމަށް އެދި ހުށަހަޅަމުންދާތީ، އަވަށުގެ އިރުމަތީ ފަރާތު މޫދުން އަރައި ފޭބުމަށް ސިޑިއެއް ހެދުމަށް ފެންނަކަމަށާއި، މިމަސައްކަތް ކުރިއަށް ގެންދިއުމުގައި މަރަދޫފޭދޫ އަވަށު އޮފީހުގެ ބެލުމުގެ ދަށުން ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ކައުންސިލުން ދައްކާ ތަނެއްގައި ޕްރޮޖެކްޓް ޑިޒައިންކޮށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދައި، ކައުންސިލްގެ އާމްދަނީ ބަޖެޓްގެ މަރަދޫފޭދޫ އަވަށުގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 25000.00ރުފިޔާ (ފަންސަވީސްހާސް ރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާ ގޮތަށް މަރަދޫފޭދޫ އަވަށުގެ އިރުމަތީ ފަރާތު މޫދުން އަރައި ފޭބުމަށް ސިޑި ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ޑެޕިއުޓީމޭޔަރ ޢަބްދުﷲ ޠައްޔިބު  ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/93

ތާރީޚް: 18 އެޕްރީލް 2017