އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިވެލުއޭޝަން ކޮމިޓީއިން އެޖެންޑާ ކުރެވިގެން ކުރިއަށް ގެންދާ މައްސަލަތައް ކުރިއަށްގެންދިއުމާ ގުޅޭ

18 އެޕްރީލް 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން، އިވެލުއޭޝަން ކޮމިޓީ         

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

2017 ވަނަ އަހަރުގެ 17 ވަނަ ޖަލްސާ ގެ އެޖެންޑާ ނަމްބަރު 13 "ސުވާލާއި މަޝްވަރާގެ ފުރުޞަތު"ގައި ކުރިއަށް އޮތް ހަފްތާގައި ގިނަ ކައުންސިލަރުން ޗުއްޓީގައި ތިއްބަވާނެކަމަށް ލަފާ ކުރެވޭތީ، މިވަގުތު ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އިވެލުއޭޝަން ކޮމިޓީއިން އެޖެންޑާ ކުރެވިގެން ކުރިއަށް ގެންދާ މައްސަލަތައް ކުރިއަށްގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ޑެޕިއުޓީ މޭޔަރ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

ކުރިއަށް އޮތް ހަފްތާގައި ގިނަ ކައުންސިލަރުން ޗުއްޓީގައި ތިއްބަވާނެކަމަށް ލަފާ ކުރެވޭތީ، ކައުންސިލުން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޕްރޮޖެކްޓްތަކާއި ގުޅިގެން އިވެލުއޭޝަން ކޮމިޓީއަށް މިވަގުތު ހުށަހެޅިފައިވާ މައްސަލަތައް ކޮމިޓީއިން ނިންމަވާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް "  ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(N)/2017/102

ތާރީޚް: 18 އެޕްރީލް 2017