އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ބަނދަރު ބޭނުންކުރާ ގިނަ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހި ރައްޔިތުންގެ ގިނަ ޝަކްވާ ހުށަހެޅެމުންދިއުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ބަނދަރު ބޭނުން ކުރުމުގައި ބައެއް ފަރާތްތަކުން، ބޭނުން ގޮތަކަށް ބަނދަރު ބޭނުން ކުރަމުން ދިއުމުން ބަނަދަރު ބޭނުންކުރާ ގިނަ ފަރާތްތަކަށް ދަތިތަކާއި ކުރިމަތި ލާން ޖެހި ރައްޔިތުންގެ ގިނަ ޝަކްވާ ހުށަހެޅެމުންދާތީ މިކަމަށް ޙައްލެއް ހޯދުމަގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ކުއްލި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" ބަނަދަރު ބޭނުން ކުރުމުގައި ކަމާއި ގުޅޭ ޓެކްނިކަލް ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދަވައި، އެފަދަ ބޭފުޅުންގެ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށްފަހު މަޝްވަރާގައި ނިމޭ ގޮތެއްގެ މަތިން މިކަމުގައި ކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް އެންމެހާ މަސައްކަތް ކުރުމާއި އަދި، ބަނަދަރު ކްލެސިފައި ކުރުމުގެ މަސައްކަތަށް ހިނގާ ޚަރަދު ކައުންސިލްގެ އާމްދަނީ ބަޖެޓުގައި ދެކުނު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނަޑައެޅިފައިވާ ބަޖެޓް ކޯޑުން ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން 25000.00ރުފިޔާއަށް ވުރެ ބޮޑު ނުވާ ގޮތަށް ޚަރަދުކުރުމަށާއި މިއިންތިޒާމް ހަމަޖެއްސުމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ފެންނަކަމަށް " ކައުންސިލަރ މުޙައްމަދު ޔަސްރިފް ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/103

ތާރީޚް: 4 މޭއި 2017