އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކަސަބާ ދަނޑު ރޭގަނޑު ދިއްލޭ ގޮތަށް ސެކިއުރިޓީ ލައިޓެއް ޖެހުމާ ގުޅޭ

4 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ޕްރޮޖެކްޓް ސެކްޝަން       

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ކަސަބާ ދަނޑު ރޭގަނޑު ދިއްލޭ ގޮތަށް ސެކިއުރިޓީ ލައިޓެއް ޖެހުމުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް،

 

" ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް ކަސަބާ ދަނޑުގައި ހުރި ލައިޓްތައް ނިވާލާފައި އޮންނައިރު  އެސަރަހައްދު ވަރަށް ބޮޑަށް އަނދިރިވެ ނާމާންވުމާއި، އަދި މި ދަނޑު ކަސްރަތު ކުރުމަށް ބޭނުންކުރާ ފަރާތްތަކަށްވެސް ފަސޭހަވާނެހެން ދަނޑުގައި ސެކިއުރިޓީ ލައިޓް ޖެހުމުގެ މަޤްޞަދުގައި ދަނޑުގައި ކުރިން ބޭނުން ކުރި ލައިޓް ޕޯސްތް ތަކުގެ ތެރެއިން އެއްޕޯސްޓް 15 ފޫޓަށް ބަދަލުކުރުމަށްފަހު އެޕޯސްތްގައި ލެޑް މާކަރީ 30 ވޯޓުގެ 2 ލައިޓް މުޅިދަނޑަށް އަލި ފޯރާނޭ ގޮތަށް ހަރުކުރުމަށް ފެންނަ ކަމަށާއި، މިކަމަށް ހިނގާ ޚަރަދު، ކައުންސިލްގެ އާމަދްނީ ބަޖެޓްގައި މެދު ދާއިރާގެ ރައްޔިތުންގެ ގޮތުގައި ކަންކަން ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން 15000.00ރުފިޔާ (ފަނަރަހާސްރުފިޔާ) އަށްވުރެ ޚަރަދު ބޮޑުނުވާގޮށް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ޚަރަދުކުރުމަށާއި މިއިންތިޒާމް ހަމަޖެއްސުމުގައި އިދާރީ އަދި ޓެކްނިކަލް ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކުރުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ ޙުސައިން ޙިލްމީ ތާއީދު ކުރެއްވިއެވެ.

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/108

ތާރީޚް: 4 މޭއި 2017