އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ޖަމްޢިއްޔަތުލް ޢުލަމާ އިން އެހީތެރިކަމަށްއެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭ

10 މޭއި 2017     


ޢަމަލުކުރަންވީ ފަރާތްތައް: ސޯޝަލްސަރވިސް ސެކްޝަން    

ކޮޕީ: ފައިނޭންސް ސެކްޝަން، ކައުންސިލަރުން، ޑިވިޝަންތައް، ސެކްޝަންތައް، އައްޑޫސިޓީ ކައުންސިލް އިދާރާގެ ހުރިހާ އަވަށު އޮފީސްތައް، ކައުންސިލް އިދާރާގެ ދާއިމީ ކޮމިޓީތައް. 

ހިތަދޫ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތަށް ޖަމްޢިއްޔަތުލް ޢުލަމާ އިން އެހީތެރިމަށްއެދި ހުށަހަޅާފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުމަށް ކައުންސިލް ބިއުރޯއިން ހުށަހެޅި މައްސަލަ ކައުންސިލް މަޖިލިސްގައި ނިންމިގޮތް:

 

 

ސުރުޚީ ގައި ބަޔާން ކުރެވިފައިވާ މައްސަލަ ކައުންސިލްއަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލް މަޖިލިސްގައި މަޝްވަރާ ކުރުމަށް ފަހު، މައްސަލާގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ރިއާޔަތްކޮށް،

 

" 2015 ވަނަ އަހަރު ކައުންސިލްގެ މަސައްކަތަށް ބަދަލު ގެނަސް މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ މެންޑޭޓަށް ބަދަލުކޮށްފައިވާ ކަން ފާހަގަކޮށް ދައުލަތުން އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމުގައި އިހުމާލުވަމުން އަންނަކަމަށާއި، އަދި އައްޑޫގެ މިސްކިތްތައް ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ ދައުލަތުގެ މުއްސަސާތަކާއި ޙަވާލު ކުރެވިފައި ވީނަމަވެސް މިސްކިތްތައް ބެލެހެއްޓުމަށް ކުރަންޖެހޭ ޚަރަދު ކުރަމުންދަނީ އައްޑޫގެ ރައްޔިތުންގެ އަމިއްލަ ޚަރަދުން ކަންފާހަގަކޮށް، ޖަމްޢިއްޔަތުލް ޢުލަމާއިން އެދި ވަޑައިގެންފައިވާ އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ކައުންސިލްގެ މާލީ ޙާލަތު މިވަގުތު ހުރި ގޮތުގެ މައްޗަށް ބަލައި، ކައުންސިލް އިދާރާގެ އިދާރީ ބަޖެޓް ކޯޑު226002ގައި ހުރި 38865.20ރުފިޔާގެ ތެރެއިން ހުކުރުމިސްކިތުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް10000.00ރުފިޔާ (ދިހަހާސްރުފިޔާ) ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން ޖަމްޢިއްޔަތުލް ޢުލަމާއާއި ޙަވާލުކުރުމަށާއި، މިފައިސާ ޚަރަދުކުރެވޭ ގޮތުގެ ތަފްޞީލުރިޕޯރޓް އެ ޖަމްޢިއްޔާއިން ކައުންސިލްއިދާރާއަށް ހުށަހަޅުއްވައި ދެއްވުމަށް ފެންނަކަމަށް " ޑެޕިއުޓީ މޭޔަރ ހުށަހެޅި ހުށަހެޅުމަށް ކައުންސިލަރ މުޙައްމަދު ޔަސްރިފް ތާއީދު ކުރެއްވިއެވެ.

 

މިގޮތުން ބަޔާންކުރެވި ކައުންސިލްއަށް ހުށަހެޅި ތާއީދު ލިބިފައިވާ ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ މަޖިލިސްގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްކުރެއްވިއެވެ.

 

މެމްބަރުން ވޯޓު ދެއްވާފައިވާގޮތް:

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426-AA(N)/2017/112

ތާރީޚް: 10 މޭއި 2017