އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ޑަބްލިއުޑީސީގެ 2 މެމްބަރުން ވިދިވިދިގެން 5 ޖަލްސާއަށް ޙާޟިރު ނުވާ މައްސަލައާއި ގުޅޭ

30 މޭއި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 2މެމްބަރުން ވިދިވިދިގެން 5ޖަލްސާއަށް ޙާޟިރު ނުވާ މައްސަލައާއި ގުޅިގެން މައްސަލަ ކުރިއަށް ގެންދިއުމުގައި ކައުންސިލުން ގޮތެއް ނިންމުން   

މައްސަލަ ހުށަހެޅި ފަރާތް:

ކައުންސިލް ބިއުރޯ  

ނިންމުން

މައްސަލަ ނިމުނުގޮތް:

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުށަހަޅާފައިވާ މައްސަލާގައި ފާހަގަ ކުރައްވާފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް، ވަކިކުރައްވަން ހުށަހަޅާފައިވާ ދެބޭފުޅުން ޤަވާޢިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ކޮމިޓީއިން ވަކިކުރައްވަން ކުރަންޖެހޭ އިދާރީ އިންތިޒާމް ހަމަޖެއްސުމާއި، ބަދަލުގައި އައު މެމްބަރުން އިންތިޚާބު ކުރުމަށް ކުރަންޖެހޭ އިންތިޒާމް ހަމަޖެއްސުމާއި އަދި ކޮމިޓީގެ ރައީސާ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ކަމަށް ހޮވިވަޑައިގެންފައިވާތީ، އެކަމަނާ ހުވައި ކުރެއްވުމާއެކު ހުސްވާ މެމްބަރުކަމަށް މެމްބަރަކު އިންތިޚާބު ކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމް ހަމަޖެއްސުން  

 

ތާއީދު ކުރެއްވި : ކައުންސިލަރ ޙުސައިން ޙިލްމީ، ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު، ކައުންސިލަރ ޢަލީ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި : ކައުންސިލަރ މުޙައްމަދު ޔަސްރިފް

  • މިމައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 04 ވޯޓް

ވޯޓުގައި ބައިވެރިވި: 04 ވޯޓް




ބާވަތް: ނިންމުން

ދައުރު: ދެވަނަ ދައުރު

ނަންބަރ: 426 -AA(N)2017/116

ތާރީޚް: 30 މޭއި 2017