އައްޑޫސިޓީ ކައުންސިލްގެ އިދާރާ

2020 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުމާ ގުޅޭ

15 ޖެނުއަރީ 2020     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

2020 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓް ފާސްކުރުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްލޭނިންގ ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

 

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި،  މައްސަލައާއި އެކު ހުށަހެޅިފައިވާ ބަޖެޓަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 96 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ތައްޔާރުކުރެވިފައިވާ އަރަނި ބަޖެޓެއްކަމަށާއި، 2020 ވަނަ އަހަރުގެ އައްޑޫސިޓީ ކައުންސިލްގެ މުޅި ޖުމްލަ ބަޖެޓަކީ: 117,955,604.00ރުފިޔާ ކަމުގައި ކަނޑައަޅައި ބަޖެޓް ފާސްކުރުމަށްފެންނަކަމަށާއި، 

 

 

މި ބަޖެޓްގައި ޙަރަކާތްތައް ކަނޑައެޅިފައިނުވާ ކަންކަމަށް ޚަރަދު ކުރުމުގައި އެޙަރަކާތްތައް ހިންގުމުގެ ހުއްދައަށް އެދި ކައުންސިލްއަށް ހުށަހަޅައި ކައުންސިލްގެ ނިންމުމާއިއެކު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށާއި، ބަޖެޓް ފާސްވުމާއެކު ކަނޑައެޅިފައިވާ ބަޖެޓް ތަންފީޒު ކުރުމުގެ މަސައްކަތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކުރިއަށްގެންދިއުމަށް ފެންނަކަމަށް ކަނޑައަޅައި ޤަރާރެއް ނެރުމަށް ފެންނަ ކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން އައްޑޫސިޓީ ކައުންސިލް އިދާރާގެ 2020 ވަނައަހަރުގެ ބަޖެޓް ފާސްކުކުރެވުނެވެ.

 

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-B (3)/2020/01

ތާރީޚް: 15 ޖެނުއަރީ 2020