އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މިނިވަން ޗެމްޕިއަން ޝިޕް ގައި ފޭދޫ ޓީމަށް ރާއްޖެއިން ބޭރަށް ގެނައި 2 ކުޅުން ތެރިންގެ މުސާރައާއި ޓިކެޓް ހަމަޖެއްސުން

5 ސެޕްޓެމްބަރ 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

މިނިވަން ޗެމްޕިއަން ޝިޕް ގައި ފޭދޫ ޓީމަށް ރާއްޖެއިން ބޭރަށް ގެނައި 2 ކުޅުން ތެރިންގެ މުސާރައާއި ޓިކެޓް ހަމަޖެއްސުން

މައްސަލަ ހުށަހެޅި ފަރާތް: ޝިޒްލިނާ އަސްލަމް / ސޯޝަލް ސަރވިސް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލައިގައި ވިސާގެ ފީ ސަރުކާރުން މާފުކޮށްދެއްވާނެ ކަމަށް ބެލެވޭކަމަށް ފޭދޫ ޓީމުން ބުނެފައިވާ ކަމަށާއި، ޓީމަށް ގެނެވުނު 2 ކުޅުންތެރިންގެ ދެކޮޅު ޓިކެޓަށް ހިނގާ ޚަރަދާއި މުސާރަ ހަމަޖެއްސުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ ނަމްބަރ: (08.8.2017) 426-AA(3)/2017/170 ނިންމުމުން ނިންމާފައިވާ ފައިސާ، -/50000-ރުފިޔާ (ފަންސާސް ހާސް ރުފިޔާ/-) ގެ ތެރެއިން ފޭދޫ ފުޓްބޯޅަ ކްލަބުން އެދިފައިވާ އެހީގެ ފައިސާ ދިނުމުގެ ކަންތައް ހަމަޖައްސާދިނުމަށް ނިންމުނެވެ. އަދި މިކަމުގައި ކައުންސިލަށް ފެންނަގޮތުގެ ވޯޓަކަށް އަހާ ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވިއެވެ. 

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00  

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/195

ތާރީޚް: 5 ސެޕްޓެމްބަރ 2017